ރ.ރަސްމާދޫ
މާޅޮސްމަޑުލު އުތުރުބުރީގައި މީހުން ދިރިއުޅުނު 18 ރަށުގެ ތެރެއިން އަތޮޅުގެ އިރުދުނިން އުތުރުން ދެކުނަށް ބަރިއަކަށް އަތުރާލެވިފައިވާ، މީހުން ދިރިއުޅެމުން އަންނަ ރަށްތަކުގެ ތެރެއިން 10 ވަނަ ރަށަކީ ރަސްމާދުއެވެ. ޒަމާނުއްސުރެ ދޮށީގެ މަސްވެރިކަން ކުރުމުގެ ކުޅަދާނަ ކެޔޮޅުން ދިރިއުޅެމުންއައި މާޅޮސްމަޑުލު އުތުރުބުރި ރަސްމާދުއަށް ދީފައިވާ ރަޖިސްޓްރީ އަކުރަކީ E 10 އެވެ. ރަށުގެ ޕޮޒިޝަނަކީ އިރުން 73.03 ދަރަޖަ އުތުރުން 05.34 ދަރަޖައެވެ. ރަށުގެ ބޮޑުމިނަކީ 28.18 ހެކްޓަރެވެ. އަތޮޅުގެ މަރުކަޒީ ރަށް އުނގޫފާރާއި މިރަށާއި ދެމެދު ހުރީ 6.1 ނޯޓިކަލް މޭލެވެ. އަދި މިރަށާއި ރާއްޖޭގެ ވެރިކަން ކުރާ މާލެއާއި ދެމެދު ހުރީ 87.06 ނޯޓިކަލް މޭލެވެ. ރަސްމާދޫ މަޝްހޫރުވެފައިވަނީ ޘަޤާފީ ކުޅިވަރުތަކަށް މަޝްހޫރު ރަށެއްގެ ގޮތުގައެވެ. އެގޮތުން ރަސްމާދޫގައި ދިރިއުޅެމުންދާ ރައްޔިތުންނަކީ ޒަމާނުއްސުރެ ދިވެހިންގެ ސަގާފަތާއ އާދަކާދާ ތެރޭގައި ހިމެނޭ ބޮޑުބެރު ކުޅިވަރުތަކާއި ޘަޤާފީ ކުޅިވަރުތަކަށް ލޯބިކުރާބައެކެވެ. އަދި މިރަށަކީ އިހުޒަމާނުން ފެށިގެން ވަރަށް ފޯރިއާއި ޖޯޝާއެކު ސަގާފީގޮތަށް އީދު ފާހަގަކުރަމުންދާ ރަށެކެވެ. މިކަމުގައި އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުންގެ އިތުރުން ރަށުގެ އިސްވެރިންނާއި ކުޑަކުދިންވެސް ބައިވެރިވެއެވެ. މީގެއިތުރުން މިރަށަކީ މިރަށުގެ އީދުކުޅިވަރުތައް ބައްލަވާލެއްވުމަށް ވަރަށް ގިނަ ފަރާތްތަކުން ޒިޔާރަތްކުރާ ރަށެއްވެސް މެއެވެ. އަދި މިރަށަކީ ރާއްޖޭގެ އެއްމެ މޮޅު ބޮޑުބެރުޖެހުންތެރިންނާއި ބޮޑުބެރުގެ ލަވަކިޔުންތެރިން ތިބި ރަށެވެ. ރާއްޖޭގެ ނިސްބަތުން އެންމެ ފުރިހަމައަށް ސަގާފީގޮތަށް ޢީދުކުޅިވަރު ކުޅެވެމުން އަންނަ ހަމައެކަނި ރަށެވެ.
- ރަށުގެ އާބާދީ
- ގޭބީސީ
- ރަށުގެ ބޮޑުމިން (ހެކްޓަރ)
- ހ.
- ވިޔަފާރި
- ހޮޓާ,ރެސްޓޯރަންޓް
- ގެސްޓްހައުސް